ލާމަރުކަޒީ ނިޒާމަކީ ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަކަށް ވީހިނދު، މިހާރު ގެންނަން ހުށަހަޅާފައިވާ ބަދަލުތަކަކީ ޤާނޫނާ ފުށުއަރާ ބަދަލުތަކެއް ކަމަށް ފާހަގަކުރެވޭ. ރައީސް މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެންނަން ރާވާ ބަދަލުތަކަކީ ރަށްރަށުގެ ކައުންސިލަރުންގެ މެދުގައި ނުހަނު ކަންބޮޑުވުން އުފެދިފައިވާ ކަމެއް. އެމްޑީޕީ ނޫން އެހެން ޕާޓީތަކުން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު...